ޚަބަރު

ކޮވިޑް-19: ބަނޑޮހުގެ އިތުރުން އާ ތިން ރިސޯޓެއް މޮނިޓަރ ކުރަނީ

ކޮވިޑް-19ގެ އަލާމާތް ހުރި ބިދޭސީންތަކެއް ފެނުމުން ބަނޑޮސް އައިލެންޑް ރިސޯޓުގެ އިތުރުން އާ އެހެން ރިސޯޓުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ލިސްޓުގައި ހިމަނައިފި އެވެ.

އެޗްޕީއޭއިން ބުނީ ބަނޑޮހުގައި ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމުން އެ މީހާގެ ސާމްޕަލް ޓެސްޓް ކުރުމަށްޓަކައި ނަގާފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ހުރީ "ހޯމް އައިސޮލޭޝަން" ގައި ކަމަށާއި އެ ރިސޯޓު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން އޮޅުވެލި ބީޗު ރިސޯޓުން ވައިރަހުގެ އަލާމްތައް ހުރި ކަމަށް ބެލޭ ދެ ބިދޭސީއެއް ވަނީ "ހޯމް އައިސޮލޭޓް" ކޮށްފައެވެ. އަދި މީރު އައިލެންޑާއި މާލެ ކައިރީގައި އޮންނަ ޝެރެޓަން މޯލްޑިވްސް ފުލްމޫން އިން ވެސް ވަރިހަށް ޝައްކު ކުރެވޭ ދެ ބިދޭސީން ފެނިގެން ސާމަޕަލް ނައިގައި "ހޯމް އައިސޮލޭޝަން" އަށް ވަނީ ލެވިފައެވެ.

ރާއްޖެ އިން މި ބަލީގެ ނުވަ މީހަކު ފެނިފައިވާއިރު، އެ އެންމެންނަކީ ބިދޭސީންނެވެ. އަދި އޭގެ ތެރެއިން ހާލު ބޮޑުވެގެން އެކަކަށް ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގަ އެވެ. އެއީ ބަތަލާ އައިލެންޑް ރިސޯޓުގެ ޓޫރިސްޓު ދެމަފިރިންގެ ތެރޭގައި ހިމެނޭ އުމުރުން 70 އަހަރުގެ ފިރިހެންމީހާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!