ދުނިޔެ

ޕާކިސްތާނުގައި އަހަރެއްގެ ތެރޭގައި ގޭހުގެ އަގު 1،109 ޕަސެންޓް އުފުލިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާން ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ޕީބީއެސް) އިން އާންމުކޮށްފައިވާ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި ހަފުތާއާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ފަހު ހަފުތާގައި ގޭހުގެ ޗާޖު ވަނީ 1108.59 ޕަސެންޓް އިތުރުވެފަ އެވެ.

Ads by Sosun Fihaara

މިދިޔަ ހުކުރު ދުވަހު އާންމުކުރި ސެންސިޓިވް ޕްރައިސް އިންޑެކްސް (އެސްޕީއައި) ގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ފަހު ހަފުތާގައި ދަށް ކުއިންޓައިލްގެ ގޭސް ޗާޖު ވަނީ 1108.59 ޕަސެންޓް އުފުލިފަ އެވެ.

އަނެއްކޮޅުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގޭހުގެ އަގު އެވްރެޖްކޮށް 65 އިންސައްތަ އުފުލިފައިވާ ކަމަށާއި، އެހެންކަމުން، ދެފަރާތުން ވެސް ހެދި ހިސާބުކުރުމުގައި ބޮޑެތި ތަފާތުތަކެއް ހުރުމުގެ ސަބަބުން ކޮންމެވެސް ތަނެއްގައި އަސާސީ ގޮތުން މައްސަލައެއް އުޅޭ ކަމަށް އެނާޖީ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަސްމީ މަސްދަރުތަކުން ހުކުރު ދުވަހު "ދަ ނިއުސް" އަށް ކަށަވަރުކޮށްދިން ގޮތުގައި އެނާޖީ މިނިސްޓްރީން ވަނީ އެ މައްސަލަ ޕާކިސްތާން ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ޕީބީއެސް) އާ ހިއްސާކޮށް، މިހާ ބޮޑު ކުރިއެރުމެއް ގެނައުމަށް ބޭނުންކުރި މެތަޑޮލޮޖީ އޮޅުން ފިލުވާފަ އެވެ. މިދިޔަ ހަފުތާގެ ސެންސިޓިވް ޕްރައިސް އިންޑެކްސް (އެސްޕީއައި) ގައި ޕީބީއެސް އިން ވަނީ މިދިޔަ އަހަރުގެ އެ ހަފުތާއާ އަޅާ ބަލާއިރު އެންމެ ފަހު ހަފުތާގައި އެންމެ ދަށް ކުއިންޓައިލްގެ ގޭސް ޗާޖު 480 ޕަސެންޓުގެ ރޭންޖަކަށް ހިސާބުކޮށްފަ އެވެ. އެނާޖީ މިނިސްޓްރީ އާއި ޕީބީއެސްގެ ހައިއަޕްތަކުން ބައްދަލުވުންތައް ބޭއްވި ނަމަވެސް ދެ ފަރާތުން ވެސް އެއްބަސްވެވޭ ފަދަ ހައްލެއް ގެނައުމަށް ދެ ފަރާތުން ވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

އެނާޖީ މިނިސްޓްރީން މި ސްޓޭންޑް ނެގީ ހިމާޔަތްކޮށްފައިވާ އަދި ހިމާޔަތް ނުކުރާ ދެ ކެޓަގަރީއެއް ކަމަށާއި ގާތްގަނޑަކަށް 57 ޕަސެންޓް ކަސްޓަމަރުން ނިސްބަތްވަނީ ހިމާޔަތްކޮށްފައިވާ ކަސްޓަމަރުންގެ ކެޓަގަރީއަށް ކަމަށާއި އަގުތައް އުފުލިފައި ނުވާ ކަމަށެވެ. މިނިސްޓްރީ އޮފް އެނަރޖީގެ އިސްވެރިން ވަނީ ބޭނުންކޮށްފައިވާ މެތަޑޮލޮޖީގެ މައުލޫމާތު އޮޅުންފިލުއްވައި އޯގްރާ (އޮއިލް އެންޑް ގޭސް ރެގިއުލޭޓަރީ އޮތޯރިޓީ) ގެ އިއުލާނު ހުށަހެޅުމަށް ޕީބީއެސްއަށް އަންގަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!