އިގްތިސާދީ މައްސަލަތައް ސިޔާސީ ނުކުރުމަށް ދެކުނު ކޮރެއާއަށް ޗައިނާއިން އިންޒާރު ދީފި
ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރަށް އިންޒާރު ދެއްވީ، އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ޓްރައިލެޓަރަލް ބައްދަލުވުމުގެ ހަވާސާގައި ޖަޕާނުގެ އެންމެ އިސް ޑިޕްލޮމެޓާ ބައްދަލުކުރެއްވުމަށް ދެބޭފުޅުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށް، އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ މައްސަލަތައް ސިޔާސީ ނުކުރުމަށެވެ.
ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު ޕާކް ޖިންއަށް ދެއްވި އިންޓަވިއުއެއްގައި ވާންގް ވިދާޅުވީ ޗައިނާ އާއި ދެކުނު ކޮރެއާ އަކީ ވަރަށް އިންޓަގްރޭޓެޑް މަސްލަހަތުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ޕްރޮޑަކްޝަން އަދި ސަޕްލައި ޗެއިންތަކާ އެކު ކޯޕަރޭޝަން ޕާޓްނަރުންނަށް ވެފައިވާ ކަމަށެވެ.
އިޤްތިޞާދީ މައްސަލަތައް ސިޔާސީކުރުމާއި، ސައިންސާއި ޓެކްނޮލޮޖީގެ މައްސަލަތައް އިންސްޓްރޫމެންޓަލައިޒްކުރުމާއި، ވިޔަފާރީގެ މައްސަލަތައް ފުޅާދާއިރާއެއްގައި ސެކިއުރިޓައިޒް ކުރުމުގެ ވިސްނުމާ ދެފަރާތުން ގުޅިގެން ދެކޮޅު ހަދަންޖެހެއެވެ.
ސެމީކޮންޑަކްޓަރުގެ މައްސަލާގައި ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން ސަލާމަތްވުމަށް ދެކުނު ކޮރެއާއިން މަސައްކަތްކޮށްފި އެވެ.
ސެމްސަންގް އިލެކްޓްރޯނިކްސް (005930.ކޭއެސް) އާއި އެސްކޭ ހައިނިކްސް (000660.ކޭއެސް) އަށް ޗައިނާގެ ފެކްޓްރީތަކަށް އެމެރިކާގެ ޗިޕް އިކުއިޕްމަންޓް މުއްދަތެއް ނެތް ގޮތަށް ސަޕްލައި ކުރުމުގެ ހުއްދަ އެމެރިކާއިން މިދިޔަ މަހު ދީފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ މެމޯރީ ޗިޕް އުފައްދާ ކުންފުންޏަށް ދިމާވެފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށެވެ.
ތިން ހާރިޖީ ވަޒީރުން ބަނދަރު ސިޓީއެއް ކަމަށްވާ ބުސާންއަށް އެއްވަމުން އަންނައިރު، މިއީ 2019 ވަނަ އަހަރަށް ފަހު މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މިދިޔަ ސެޕްޓެމްބަރު މަހު ތިން ގައުމުގެ އިސް އޮފިޝަލުން ވަނީ ޓްރައިލެޓަރަލް ސަމިޓެއް "ވީއެންމެ ފަސޭހަ ވަގުތުގައި" ބޭއްވުމަށް އެއްބަސްވެފަ އެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ ތާރީހާއި ވިޔަފާރީގެ ހަމަނުޖެހުންތަކުގެ ސަބަބުން ހީނަރުވެފައިވާ ގުޅުން ތައް ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވައި، ބައިޑަންއާ އެކު ތާރީހީ ޓްރައިލެޓަރަލް ސަމިޓެއް އޮގަސްޓް މަހު ބާއްވައިފަ އެވެ.