އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވައިލައިފިއެެވެ.
އެމްޑީޕީން ކުރި އިޢުލާނެއްގައި ބުނީ އެ ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު ޑިސެމްބަރު މަހުގެ ފަހެއްވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 2 ވާ ހޮނިހިރު ދުވަހުގެ 18:00 ހުޅުވާލެވިފައިވާ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.
އެހެންކަމުން މި އިންތިޚާބުގައި ބައިވެރިވާން ބޭނުންފުޅުވާ އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ މެމްބަރުން ގުގޫލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެމްޑީޕީން އެދިފައި ވެއެވެ.
Ads by STO