މަޤާމާއި ހަވާލުވެ ވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މަސައްކަތަށް ނިކުމެވަޑައިގެންފިއެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ މަޤާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ ހުސައިން ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ އެ ކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައި ކަމަށެވެ.
އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ޓްރާންސްފޯމަރެއް ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ އެމްޑީ ފަހުމީ ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާއި ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައި ކަމަށެވެ.
ހަމަ އެހެންމެ ފަހުމީ ވަނީ އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ސްޓެލްކޯ އިން ބުނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވަނީ ވެފައިކަމަށެވެ.
ގަޑީރެއް ފަހުން ނުކުތީމާ،، މިމަހުގެ މުސާރައިން 11 ގަޑީރަށް ކަނޑާތި