ޚަބަރު

ޑްރީމްލޭންޑް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ޓެސްޓުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ޑްރީމްލޭންޑުގައި ވައިރަހުގެ އަލާމާތްތައް ހުރި ބިދޭސީއެއްގެ ގައިން ސާމްޕަލް ނަގައި އެ މީހާ "ހޯމް އައިސޮލޭޓް" ކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ އެ ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

މިހާރުގެ ރާއްޖޭގެ 14 ރިސޯޓެއް ވަނީ އަރާ ފޭބުން މަނާކޮށް ވަގުތީ ގޮތުން ބަންދުކުރެވިފައެވެ. މި ރިސޯޓުތަކުން ވެސް އަލާމާތްތައް ފެންނަ މީހުން ފެނިފައިވާއިރު އެމީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް-19 އަށް ނުވަ މީހަކު ވަނީ ފައްސި ވެފައެވެ. ފައްސިވީ ހުސް ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!