ޚަބަރު

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޒިޔާދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް  އަބްދުﷲ ޒިޔާދު އައްޔަންކޮށްފިއެވެ.

Ads by MWSC

ޒިޔާދު ތަޢުލީމް ހާސިލްކޮށްފައިވަނީ އިންޖިނިއަރިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ. އޭނާ ވަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރުމެންޓްގައި މިނިސްޓަރުކަން ކުރައްވާފައެެވެ.

އެމްޓީސީސީއާއެކު ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!