ދުނިޔެ

އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެންމެ ގޮންޖެހުންބޮޑު ދަނޑިވަޅުގައި ޕާކިސްތާނުން ދާން މަޖުބޫރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިނި މޫސުމުގެ ގަދަ މޫސުމާ ދިމާކޮށް ޕާކިސްތާނުން ރެފިއުޖީން މަޖުބޫރުކޮށް ފޮނުވާލުމާ ގުޅިގެން އަފްޣާނިސްތާނުގައި ހުންނަވާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޑިރެކްޓަރު ސިއާއޯ-ވެއި ލީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by WAMCO

ލީ ވިދާޅުވީ ޕާކިސްތާނުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ފުރައިގެން ދާނެ ކަމަށް ބެލެވޭ އިރު، މިހާރުވެސް 370،000 އަށް ވުރެ ގިނަ މީހުން އަފްޣާނިސްތާނަށް އައިސްފައިވާ ކަމަށެވެ.

މި ރެފިއުޖީންނަށް އަފްޣާނިސްތާނަށް އެނބުރި ދާން މަޖުބޫރުވަނީ "އަހަރުގެ އެންމެ ގޮންޖެހުންބޮޑު ދުވަސްވަރު" ގެ ގޮތުގަ އެވެ.

ލީ ވިދާޅުވީ ކުރިއަށް އޮތް ފިނި މޫސުމުގައި އެ އާއިލާތައް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަފްޣާނިސްތާނަށް ކުރިމަތިވެފައި ވަނީ މާފު ނުކުރެވޭ ފިނި މޫސުމެކެވެ. ނަމަވެސް ހިތާމައަކީ އެ އާއިލާތަކުގެ އަމިއްލަ ގައުމުގައި މަރުހަބާ ކިޔާ ހަތިޔާރުގެ އިންތިޒާރުގައި ނެތް ކަމަށް ޚާމާ ޕްރެސް އިން ބުނެ އެވެ.

މީގެ އިތުރުން އަފްޣާނިސްތާނަށް ގޮސްފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ލާބައާއި މެދު އދއިން ކަންބޮޑުވުން ފާޅުކޮށް، މަދުވެގެން ފިނި މޫސުމުގައި އަފްޣާނިސްތާނުގެ އެއް މިލިއަނަށްވުރެ ގިނަ ރެފިއުޖީން ބޭރުކުރުން ހުއްޓާލުމަށް ޕާކިސްތާނު ސަރުކާރަށް ގޮވާލާފައިވާ ކަމަށް ޚާމާ ޕްރެސްއިން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން ބުނެފައި ވަނީ ޕާކިސްތާނުން ރުހުމުގައި ނުވަތަ އަމިއްލަ އިހުތިޔާރުގައި އެނބުރި ގައުމަށް އަންނަ ރެފިއުޖީންނަށް ބޭސްފަރުވާ ދިނުމަށް ޓަކައި ދިހަ މިލިއަން ޑޮލަރުގެ އެހީ ބޭނުންވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!