ޚަބަރު ސިޔާސީ

މާލޭގެ މޭޔަރު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފިއެވެ.

Ads by MWSC

މިއަދު ހަވީރުގެ ވަގުތެއްގައި އާޒިމް ހުށަހެޅުއްވި ފޯމާ ޙަވާލުވެވަޑައިގަތީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު މީޑިޔާތަކާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރުކަމަށް އޭނާ ވާދަ ކުރައްވަނީ  މާލެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ކަމަށާއި، މާލެއަކީ ވަރަށް ދަތި ހާލުގައި މީހުން އުޅެމުންދާ ތަނެއް ކަމަށެވެ.

އަދި އޭނާގެ އަމާޒަކީ ހިތްގައިމު، ޗާލު، ނަލަ ތަނަކަށް މާލެ ހަދައި ދިނުންކަމަށާއި، މާލޭގެ މަގުތައް ހަޑިވުމާއި ހިނގާ ބިނގާވެ އުޅުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ، މީހުން ދިރިއުޅެން އުޅޭ ހިތުން އުޅޭ ތަނަކަށް އެ ސިޓީ ހަދައިދެއްވާނެ ކަމަށެވެ.

އަދި ވިދާޅުވީ، މޭޔަރުކަމުގެ އިންތިޚާބު ވަރަށް ފަސޭހައިން ކާމިޔާބުވާތަން ފެންނަކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!