ކުރެއްދޫއިން އިތުރު މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ
ކުރެއްދޫ ރިސޯޓުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކުރެއްްދޫ ރިސޯޓުން ޓެސްޓު ކުރި 10 މީހެއްގެ ތެރެއިން އެކަކު ބައްޔަށް ފައްސި ވެފައިވާ ކަމަށެވެ. އަދި އަނެއް ނުވަ މީހުންގެ ޓެސްޓު ނަތީޖާ ނައްސި ކަމަށެވެ.
ކުރެއްދޫން އިތުރު މީހަކު ބައްޔަށް ފައްސި ވުމާއި އެކު ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10 އަށް އެރީއެވެ.
އެޗްޕީއޭއިން ބުނީ ފައްސިވި މީހާ މިހާރު ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލު އަންނަނީ...
Ads by Allied Insurance