Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފަރުގައި ގެނބިގެން މީހަކު މަރުވެއްޖެ

މާފަރުގައި ގެނބިގެން މީހަކު މަރުވެއްޖެ

ނ. މާފަރުގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި، މާފަރުގައި މިއަދު ގެނބިގެން މަރުވެފައިވަނީ، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ އަކީ މާފަރުގައި ލޭންޑިންގް ކްރާފްޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއްކަމަށާއި، އޭނާ މަރުވީ ލޭންޑިންގް ކްރާފްޓްގެ ވަލެއް ނެއްޓުމަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެންކަމަށް އެނގިފައިވެއެވެ.

Advertisement
Ooredoo — Square (box)

މި ހާދިސާއާ ގުޅިގެން މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ މީހާ ގެނބިގެން ސިއްހީ މަރުކަޒަށް މިއަދު ހެނދުނު ގެންދިޔަ ކަމުގެ ރިޕޯޓް ފުލުހުންނަަށް ލިބިފައިވާ ކަމަށާއި، މާފަރު ސިއްހީ މަރުކަޒަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އެމީހާގެ ހަށިހަނޑު މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް