ޕާކިސްތާނުގެ ބަޑީގެ ހަމަލާތަކެއް ދީ، ބަހެއްގެ 8 ފަސިންޖަރުން މަރާލައިފި

ޕާކިސްތާނުގެ އުތުރުގެ ޗިލާސް އަވަށުގެ ކައިރީގައި އޮތް ބަހަކަށް ބަޑީގެ ހަމަލާތަކެއް ދީ، އަށް ފަސިންޖަރުން މަރުވެ، ގާތްގަނޑަކަށް ދެ ޑަޒަނެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ޑިސްޓްރިކްޓް އަދި ސަރަހައްދީ އޮފިޝަލުން ބުނެފި އެވެ.
ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު އަލީ ޖޯހަރު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދިން މީހުން ބަހަށް ބަޑި ޖަހާފައިވާ ކަމަށާއި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ގިލްގިޓް-ބަލްޓިސްތާން ފުލުހުންގެ ތަރުޖަމާނު ގުލާމް އައްބާސް ޑީޕީއޭ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ވެސް ހިމެނޭ ކަމަށެވެ.
އައްބާސް ވިދާޅުވީ މި ހަމަލާގައި އިތުރު 26 ފަސިންޖަރުން ޒަޚަމްވެފައިވާ ކަމަށެވެ.
މި ބަސް ދަތުރުކުރަމުން ދިޔައީ ދުނިޔޭގެ އެންމެ އުސް އެއް މަގު ކަމަށްވާ ކަރަކޯރަމް ހައިވޭއަށެވެ.
އޮފިޝަލުން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ މިއަދު ހަވީރު 6:30 އެހާކަންހާއިރު ހަމަލާ ދިން މީހުން ބަހަށް ބަޑިޖެހުމުން، އޭގެ ފަހުން އައި ލޮރީއެއްގައި ޖެހިގެންނެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު، ބަޑީގެ ހަމަލާ ދިން ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ގިލްގިޓް-ބަލްޓިސްތާންގެ ޗީފް މިނިސްޓަރު ހާޖީ ގުލްބާރް ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަމަލާދިނުމުގައި ބައިވެރިވި ޓެރަރިސްޓުންނަށް އެކަށީގެންވާ އަދަބެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.