ދުނިޔެ

ނޮވެމްބަރު މަހު އަހަރީ އިންފްލޭޝަން 29.2 ޕަސެންޓަށް އަރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ނޮވެމްބަރު މަހު އަހަރީ ކޮންސިއުމާ އިންފްލޭޝަން ފިނިވުމަށް ފަހު އަނެއްކާވެސް ހަލުވިވެ، ނޮވެމްބަރު މަހު 29.2 ޕަސެންޓަށް އުފުލިގެން ގޮސްފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

މިދިޔަ ނޮވެމްބަރު މަހު ގޭހުގެ އަގު 520 ޕަސެންޓް އަދި ކަރަންޓުގެ އަގު ތައް އަހަރުން އަހަރަށް 34.95 ޕަސެންޓް އުފުލި، އިންފްލޭޝަން މައްޗަށް ދިއުމަށް މަގުފަހިވާ މައިގަނޑު ދެ ސަބަބަކަށް ވަނީ ވެފަ އެވެ.

އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެމްބަރު މަހު ކޮންސިއުމަރ އަގުތައްވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. މަހުން މަހަށް އިންފްލޭޝަން ރީޑިން ހުރީ 2.7 ޕަސެންޓުގަ އެވެ. އަނެއްކާ ގޭހުގެ އަގު 280 ޕަސެންޓް އުފުލުމަކީ އޭގެ މައިގަނޑު ސަބަބެވެ.

އެންމެ ފަހުގެ ރީޑިންގައި ޖުލައި-ނޮވެމްބަރު މަހުގެ ނިޔަލަށް އެވްރެޖް ކޮށް އަހަރީ އިންފްލޭޝަން ރޭޓް 28.62 ޕަސެންޓަށް އަރާފައިވާއިރު، މި އަހަރު ސްޓޭޓް ބޭންކުން އަންދާޒާކުރި ރޭޓަކީ 20 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.

މަރުކަޒީ ބޭންކުން އަންދާޒާކޮށްފައިވަނީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ރަނގަޅުވުމާއި ބޭރު ފައިސާގެ ބާޒާރުތަކުގައި އުފެދިފައިވާ އުދަގޫތައް ހުއްޓުވުމަށް އަޅާފައިވާ އިދާރީ ފިޔަވަޅުތަކުގެ މައްޗަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ 2023-24 ވަނަ އަހަރުގެ އެވްރެޖް އިންފްލޭޝަން 25.9 ޕަސެންޓްގައި ހުންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ. ފެޑެރަލް ސަރުކާރުން ވަނީ މި އަހަރަށް އަހަރީ އިންފްލޭޝަން ޓާގެޓަކީ 21 ޕަސެންޓެވެ.

ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ނަމަކަށް ކިޔާ މުދަލާއި ޚިދުމަތުގެ ބާސްކެޓަކުން ބެލި ހެޑްލައިން ކޮންސިއުމަރ އިންފްލޭޝަން 2022 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން އުފުލިގެން ދިޔައީ ޕީއެމްއެލް-އެން ގެ ކޯލިޝަން ސަރުކާރުން މެދުކަނޑާލާފައިވާ ފަންޑިންގ އަންލޮކް ކުރުމަށް އައި.އެމް.އެފް.އިން އެދުނު ގިނަ ފިޔަވަޅުތަކެއް އެޅުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!