ދުނިޔެ

އިންޑިޔާގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީގެ 44 އިންސައްތަ ރިނިއުބަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮކްޓޯބަރު މަހުގެ ނިޔަލަށް އިންޑިއާގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީގެ ގާތްގަނޑަކަށް 44 އިންސައްތަ ހިއްސާކުރަނީ ފޮސިލް ފިއުލް ނޫން ވަސީލަތްތައް ކަމަށް އެގައުމުގެ ޕަވާ އެންޑް ރިނިއުބަލް އެނާޖީ މިނިސްޓަރު އާރްކޭ ސިންގް އަންގާރަ ދުވަހު ޕާލަމެންޓުގައި ވިދާޅުވި އެވެ.

Ads by Sosun Fihaara

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ގްރީންހައުސް ގޭސް ބޭރުކުރާ އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީގައި ފޮސިލް ފިއުލް ނޫން ވަސީލަތްތަކުގެ ހިއްސާ 50 އިންސައްތައަށް އިތުރުކުރުމެވެ. އޭގެ ތެރޭގައި ސޯލާ އެންޑް ވިންޑް އެނާޖީ، ނިއުކްލިއާ އަދި ހައިޑްރޯ ޕަވާ އަދި ބަޔޯ ޕަވާ ހިމެނެ އެވެ.

"މިހާތަނަށް ފޮސިލް ފިއުލް ބޭސްޑް ނޫން ހަކަތައިގެ ވަސީލަތްތަކުން ޖުމްލަ 186.46 ގިގަވޮޓް (ގިގަވޮޓްސް) ކެޕޭސިޓީ 31.10.2023 ގެ ނިޔަލަށް އެ ގައުމުގައި ގާއިމުކުރެވިފައިވޭ،" މިނިސްޓަރު ލިޔުމުން ވިދާޅުވެފައިވެ އެވެ.

އަދި އިތުރު 114.08 ގިގަވޮޓްގެ ކެޕޭސިޓީ އަށް އަމަލު ކުރަމުން އަންނަ އިރު، އިތުރު 55.13 ގިގަވޮޓްގެ ކެޕޭސިޓީއެއް ޓެންޑަރ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތަ ތަރައްގީކޮށް ބެހެއްޓުމަށް ކަނޑައަޅާފައިވާ ފައިސާގެ ގާތްގަނޑަކަށް 50 އިންސައްތަ މިއަހަރުގެ ފުރަތަމަ ދިހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރު ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިޔާގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބަޔަކީ ކޯލް ކަމުގައިވީ ނަމަވެސް، އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމުގެ ރޭޓް، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ޗައިނާއަށް ވުރެ ދެވަނައަށް އެބައޮތެވެ.

މުއްސަނދި ގައުމުތަކާ އަޅާބަލާއިރު ބޮލަކަށް ޖެހޭ ވިހަ ގޭސް ތައް މަދުކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ކޯލް ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ޖަސްޓިފައި ކުރުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!