ޚަބަރު

ސްޕެއިން، ޖާމަނީ، ފްރާންސްއިން މީހުން އައުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕްގެ އިތުރު ތިން ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

Ads by STELCO

އެއީ ސްޕެއިނާއި ޖާމަނީ ގެ އިތުރުން ފްރާންސްއިން ގެ ވަކި ތަންތަނުން މީހުން ރާއްޖެއަށް މީހުން އައުމެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދް ވިދާޅުވީ ޖާރުމަނު، ސްޕެއިންގެ އިތުރުން ފްރާންސްގެވެސް ބައެއް ހިސާބުތަކުން މީހުން އައުންވެސް މިރޭ 12 އިން ފެށިގެން މަނާވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވަނީ ޗައިނާ، އިޓަލީ، އިރާން އަދި ބަންގްލަދޭޝް އިން މީހުން ރާއްޖެއައުން މަނާކޮށްފައެވެ.

ކޮވިޑު-19 ރާއްޖެއިން ޖެހުނު މީހުންގެ އަދަދު 10 އަކަށް އަރާފައިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!