ކެނަބިސް ޓްރެފިކް ކުރުމާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަނީ
ކެނަބިސް ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދަނީ ކ. މާލެ / ހ. ގުރާތުންގެ، އިބްރާހިމް ޢާޒިމް (32އ) އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަދި މިހާތަނަށް އާޒިމް ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އިބްރާހިމް ޢާޒިމް ހޯދަމުންދަނީ ކެނަބިސް ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން 2023 ޑިސެމްބަރު 10 ވަނަ ދުވަހުގެ 09:30 އަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.
މީގެ އިތުރުން އިބްރާހިމް ޢާޒިމާއިބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.