ޚަބަރު

ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ ދައުރު މުހިންމު: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިހެން ވިދާޅުވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްޞަސާތަކަށާއި ސާކްގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ.

"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ، ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

Ads by Allied Insurance
  1. ސޮރީސޮރީސޮރީ

    ފުށިދިއްގަރު ފަޅު ހިއްކަން މުއިއްޒުގެ ސަރުކާރުން ބަޖެޓް ގައި ޖެހި އަދަދު އެމްޑީޕީން އުނިކުރިއިރު ޕީއެންސީ ތަމްސީލް ކުރާ އެންމެ މެމްބަރަކު ވެސް މަޖްލީހުގައި ނެތޭ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ޕީޕީއެމް ޕީއެންސީ ހުރިހާ މެމްބަރުން މުއިއްޒު ގެންގޮސް އެމެންނަށް ވަޒީރު ކަން ދިނުން އެެއީ ސީދާ ރައްޔިތުން މަޖްލީހުގެ މެމްބަރުންނާއި ހަވާލު ކުރި ޒިންމާ އާއި ޚިލާފަށް އެމެން ސަރުކާރުގެ ފައިސާގެ ދަހިވެތިކަމުގައި ކުރިކަމެކޭ އެމްޑީޕީން ރުހުން ނުދޭނެއޭ ތަމެންނަށް މުއިއްޒު ތަ ބަލާތި ވާގޮތް ތަ ބަލަން ހުންނާތި ހުރިހާ ވަޒީރުން ނަގާ އެއްލާލާނެއޭ އެމްޑީޕީން އެމްޑީޕީ އަށް ކޮންކަމެއް ތަމެންގެ ސަރުކާރު ހިނގިއަސް އަދި ނުހިނިގިނަމަވެސް އެމްޑީޕީ އަކީ އިދިކޮޅު ސިޔާސީ ޕާރޓީ ކަމުން އެމެން ކޮންމެހެން ނުޖެހޭނެއޭ ޕީއެންސީ ސަރުކާރެއް ހިންގުމަށް ޓަކައި މުއިއްޒު ބުނާ ވަޒީރުންނަށް ރުހުން ދޭން އެއީ ސިޔާސީ ޕާރޓީ ތައް މަސައްކަތް ކުރަން ޖެހޭ ގޮތާއި ޚިލާފަށް ކުރާ ކަމަކަށޭ ވާނީ އެމްޑީޕީން ޕީޕީއެމް ޕީއެންސީ ވަޒީރުންނަށް ރުހުންދީފިނަމަ އެއީ ސިޔާސީ ގޮތުން ކުރަން ހަރާމްކަންކަމޭ އެހުންނަނީ ހުއްޖަތެއްގެ ގޮތުގައި އެމްޑީޕީ އަށް ދެއްކޭނެއޭ ރައީސް ޔާމީނަށް ހަރާމްކޯރުވި ބަޔަކު ރައްޔިތުންނަށް ވެސް ހަރާމްކޯރުވާނެ ކަމަށް ބަލައިގެން މުއިއްޒު ތަ ބަލާތިވާގޮތް ޔޫ ގޮޓާ ގޯ އެން ގެޓް އެންގްރީ އޮން އޯލް އޮފް ޔާންޓޭ އޮނެސްޓީ އައި ހޮޕް ޔޫ ޑޯން ރަން އައުޓް އޮފް ޓައިމް ކުޑް ސަމްވަން ކޯލް އަ ރެފްރީ ކޮޒް އައި ޖަސްޓް ނީޑް ޓު ނީލް ޑައުން ޔޫ އައި ޖަސްޓް ނީޑް ވަން މޯރ ޝޮކް ޓު ގިވް ސޮރީ ސޮރީ ސޮރީ ސޮރީ އޯއް އޯއް އޯއް ޔޭއް ޑާންސް ޑާންސް ޑާންސް ޑާންސް….

  2. ނެވަރލެޓްގޯ

    ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ވިޔާފާރި ފުޅާ ކޮށް އަދި ޗައިނާ އާއި ރާއްޖެ އާއި ދެމެދު އިންޑިއާ އާއި އެމެރިކާ އަށް ނުހިފެހެއްޓޭ ވަރަށް އިންވެސްޓް ކުރަންވީއޭ ރާއްޖޭގެ ދިފާއީ ވުޒާރާ އަށް ނިކަން ކެރިގެން ޗައިނާ އިން ހެލިކޮޕްޓަރު ތަކާއި މަނަވަރު ތަކާއި އަދި ޖެޓް ފައިޓަރު ތައް ވެސް ޗައިނާ އިން ހިލޭ އެހީއެއްގެ ގޮތުގައި ރާއްޖެ އަށް ދީ އަދި ރާއްޖޭގެ 1000 ސިފައިން ކޮންމެ އަހަރަކު ޗައިނާއިން މަތީ ފެންވަރުގެ އަސްކަރީ ތަމްރީން ހަދަން ފުރުސަތުދޭންފވީއޭ ޑޯން ފޯލް އެ ސްލީޕް އެޓް ދަ ވީލް ވީ ގޮޓާ މިލިއަން މައިލްސް އަ ހެޑް އޮފް އަސް އަ ހެޑް އޮފް އަސް ނެވަރ ލެޓް ދިސް ޗާންސް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ޑޯން ޔޫ ގިވް އަޕް ނާއްނާނާނާ އައި ވޮންޓް ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ ނާއްނާނާނާނާ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް….

  3. ބަލާތި

    އެމެރިކާ އާއި އިންޑިއާ އިން ބިރުގަންނަ ވަރަށް ރާއްޖެ އަށް ޗައިނާއިން އިންވެސްޓް ކުރަންވީއޭ ބޮޑަށް ހިމަނަންވީ ޗައިނާގެ ބޮޑެތި ވިޔާފާރި ތައް އައިސް މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާލާ އެފަޅުތަކުގައި އިންޑަސްޓްރިއަލް ޕާރކްސް ތައްހަދާ އެތަންތަނުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ހުރިހާއެއްޗެއް ގަންނަން ލިބޭނެގޮތް ހެދުމޭ ގަންނާނީ ދިވެހިރުފިޔާ ދީފައޭ ދެން އެރުފިޔާ ބަަދަލުވާނީ ޗައިނާ ފަައިސާ އަަށޭ ޔޫއެސްޑޮލަރަށް އޮތް ބަރޯސާވުން މިމޮޑެލް ގައި އުވާލެވޭނެއޭ މިގޮތުން ހުރިހާ ކޮމޯޑިޓީސްގެ ބާވަތް ތައް އެ ޕާރކްސް ތަކުން ގަންނަން ލިބޭނެ ގޮތް ހެދުމާއި ހުރިހާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ލިބޭނެ ގޮތް ހަދާނީއޭ އެއިރުން ޑެލިވަރީ އަވަސް ވުމުން ދެން އިންޑިއާ އާއި ލަންކާ އިން ކުރަމުންދާ ވިޔާފާރި ސުމަކަށް ގެނެވޭނެއޭ ނަތީޖާ އަކީ ރާއްޖެ އަކީ ސާރކްގެ އެއްވަނަ އިގްތިސޯދަށް ބަދަލުވުމުގެ މަރުހަލާ ފެށުމޭ ދެން ޕާކިސްތާނު ބަންގާޅަށް މިތަކެތި އެކްސްޕޯރޓް ކުރަން ފަށާނީ އެއިރުން އިންޑިއާގެ އިގްތިސޯދު ވަރަށް އަަވަހަށް އަޑިއަޅާލާނެއޭ…