ޚަބަރު

މަސްވެރިންނަށް ރައީސް ޑރ. މުޢިއްޒު ދެއްވީ ކަންބޮޑުވުންތައް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤިންކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްވެރިންގެ ކަންބޮޑުވުންތައް ޙައްލުކޮށްދީ، މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އެމަނިކުފާނާއި ޙިއްސާކުރުމަށް "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ކުރިއަށްގެންދިޔަ ފޯރަމްގައެވެ.

"މަސްވެރިންގެ ގުންޒަރު"އަކީ 43 މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިންގެ ކަންބޮޑުވުންތަކާއި، މަސްވެރިކަމުގެ އެކިއެކި ދާއިރާތަކަށް އޮތް ދަތިތައް ދެނެގަނެ، އެކަމަށް ޙައްލު ހޯދޭނެ ގޮތްތައް ހޯދުމަށް މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ފޯރަމެކެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައިވަނީ ރާއްޖޭގެ ވަކި ހިސާބުތަކެއްގައި މަސްކިރޭނެ ގޮތްްތަކެއް ނެތުމުގެ ކަންބޮޑުވުމެވެ. މީގެ އިތުރުން 20 ރުފިޔާއަށްވުރެ އަގު ކުޑަ ނުކުރުމަށާ، މ.އަތޮޅު މުލަކުގައި ސަރުކާރުން ތަރައްޤީކުރާ މަސްފެކްޓްރީގެ މަސައްކަތް އަވަސްކޮށްދީ، ހުވަދު އަތޮޅުގެ ދެކުނު ބިތުގައި މަސްކިރޭނެ އެއްވެސް ތަނެއް ނެތުމުގެ ކަންބޮޑުވުން މަސްވެރިން ރައީސަށް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން ކޫއްޑޫ މަސް ބަނދަރުގެ ޖާގަ ކުޑަވުމާއި، ހއ ހދ އަތޮޅުގައި މަސްކިރޭނެ އިންތިޒާމެއް ނެތުންފަދަ ކަންބޮޑުވުންތައްވެސް ރައީސްއަށް ވަނީ ހުށައަޅާފައެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރެއްވުމުން އެމަނިކުފާނު ވަނީ މަސްވެރިންނަށް އުއްމީދީ ހަބަރުތަކެއް ދެއްވާފައެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކެމްޕެއިން ތެރޭގައި މައްސަލަތައް ހައްލުކުރެއްވުމަށް މަސްވެރިންނަށް އެމަނިކުފާނު ދެެއްވި ޔަޤީންކަން މިޙާރުވެސް ދެއްވާކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށް ހައްލުކުރަން ހުރި ކަންކަން ދެނެގަނެ އެކަން ކަންކަން ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަންވެސް ރައީސުލްޖުމްޙޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވާފައެވެ.

"އަޅުގަނޑު އިންތިހާބުތެރޭގައި ވީ ވައުދުތަކަކީ ވޯޓް ބޭނުންވެގެން ވީ ވައުދުތަކެއްނޫން އެއީ ކޮށްދިނުމުގެ ފޮނި އުންމީދުގައި ވީ ވައުދުތަކެއް، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާލުމަށް މިފަދަ ފުރުސަތެއް ލިބުނީތީ ޝުކުރުކުރަން އަދި ތިޔަ މަސްވެރިންގެ ކަބޮޑުވުންތައް ސީދާ ބައްދަލުވެ ހުށައެޅުމުން މިކަން ކުރުމަށް އިތުރު ހިތްވަރަކަށް ވެގެންހިނގައްޖެ" ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 މަސްވެރިން ބައިވެރިވެއެވެ. ފޯރަމްގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، ކަޅުބިލަމަހުގެ އެމް.އެސް.ސީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއި، ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުން ހިމެނެއެވެ.

އަދި މަސްވެރި އުޅަނދުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ކަންކަމާ، ކަނދުފަތި ޤާއިމްކުރުމުގައި ބަލަންޖެހޭ މުހިންމު ފަންނީ ކަންކަމާ، މަހުގެ އަގު ކަޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ މިންގަނޑުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން މަސްވެރިޔާ ކާޑުގެ މައުލޫމާތު އަދި ސްކޭމް އާއި ފްރޯޑްގެ ކަންކަމަށް މަސްވެރިން ހޭލުންތެރިކުރުމަށްވެސް ބޭންކް އޮފް މޯލްޑިސްގެ ބޭފުޅުންނާއެކު ހާއްސަ ސެޝަންއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

Ads by Ooredoo
  1. ވަގުންނޭ

    ކަނޑުހޯދާ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށްވާނީ އެއީ ފުރަތަމަ ކަމަކީ ޕީޕީއެމް މެމްބަރުން މުއިއްޒު އަށް ވޯޓްދިނީ ރައީސް ޔާމީން މިނިވަން ކުރަން ދެން އެކަން ނުކޮށް ރައީސް ޔާމީނަށް ޚިޔާނާތްތެރިވި ބަޔަކު ރައްޔިތުންނަށް ޚިޔާނާތްތެރިވާން ކުޑަވެސް ފަސް ނުޖެހޭނެއޭ ބަލައްޗޭ އަދި ލަންކާ އަށްވީގޮތް މިވެރިކަމުގަެިވާނެ އަދި ރާއްޖެ ބެންކްރަޮޕްޓްސީ އިއުލާން ކުރާނެ ސަރުކާރުގެ ކުންފިންޏެއްގެ ބޯރޑް މެމްބަރުކަން ދެނީ 3 ލައްކަ ރުފިޔާ ޕީޕީއެމް އަށްދިނީމާ މިހިރީ ކުރާ