ޚަބަރު

ތިމާވެށީގެ ކަންކަމުގައި ބޮޑެތި ޤައުމުތަކުން ބަސްބުނަން އިންޑިއާއިން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ މޫސުމީ ފިޔަވަޅުތަކުގައި މުއްސަނދި ގައުމުތަކުން އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ކަމަށް ވިދާޅުވެ، އދ.ގެ މޫސުމާ ބެހޭ މަޝްވަރާތަކުގައި "ހަމަހަމަކަމާއި އިންސާފު" ހޯދުމަށް އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓަރު ބޫޕެންދްރަ ޔާދަވް ގޮވާލައްވައިފި އެވެ.

Ads by Hajj Corporation

ޗައިނާ އާއި އެމެރިކާ އަށް ފަހު ދުނިޔޭގެ ތިން ވަނައަށް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ގައުމަކީ އެ ގައުމަށް ވީ ނަމަވެސް، ތަރައްގީވަމުން އަންނަ ގައުމެއްގެ ހައިސިއްޔަތުން ހަކަތައާ ގުޅުން ހުރި ވިހަ ގޭސްތައް މަދުކުރަން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް އިންޑިއާ އިން ޒަމާނުއްސުރެ ގެންގުޅޭ ސިޔާސަތުގެ މައްޗަށް މި ވާހަކަތަކުން އަލިއަޅުވާލެވުނެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ކްލައިމެޓް ސަމިޓް އަންނަ އަންގާރަ ދުވަހު ނިންމާލުމަށް ހަމަޖެހިފައިވާއިރު، މުސްތަގުބަލުގައި ފޮސިލް ފިއުލް ބޭނުންކުރުމަށް ހައްލެއް ހޯދުމާ މެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް މަންދޫބުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިންޑިއާ އާއި ފޮސިލް ފިއުލްއަށް ބަރޯސާވެފައިވާ އެހެން ގައުމުތަކުން ބުނަނީ މުއްސަނދި ގައުމުތަކުން އިތުރަށް މަސައްކަތް ކުރަން ވީ ސިނާއީ އިންގިލާބަށް ފަހު މޫސުމަށް އަންނަ ވިހަ ގޭސްތައް އިތުރުކޮށްފައިވާތީ ކަމަށެވެ.

"ދުނިޔޭގެ މޫސުމީ ފިޔަވަޅުތަކުގެ އަސާސަކަށް ވާން ޖެހޭނީ އިކުއިޓީ އާއި ކްލައިމެޓް ޖަސްޓިސް ކަމަށް އިންޑިއާ އިން ވަރަށް ބޮޑަށް ގަބޫލުކުރޭ،" ސަމިޓުގައި ޔާދަވް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!