ޚަބަރު

ކުވޭތުގެ އަމީރު އަވަހާރަވުމުން ދިދަ ބައިދަނޑި އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް/ ފޮޓޯ: ދެން އިމޭޖްސް

ރައީސް އޮފީހުން ބުނީ ކުވޭތުގެ އަމީރު މިއަދު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

Ads by STELCO

ކުވޭތުގެ އަމީރު އަވާހަރަވުމުގެ ހިތާމައިގައި ރައީސް މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.

އަމީރުގެ އޮފީހުން ބުނީ މިއަދަކީ ކުވައިތަށާއި މުޅި އަރަބި އިސްލާމީ އުންމަތުގެ އިތުރުން ކުވައިތާ އެކުވެރި ހުރިހާ ގައުމަކަށް ވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަމީރު އަވަހާރަވިކަން އިއުލާންކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް އަވަހާރަވި އިރު، އުމުރުފުޅަކީ 86 އެވެ.

މިޑިއާތަކުން ބުނީ އަމީރު އަވަހާވުމާ ގުޅިގެން ކުވައިތުގެ ތަހުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އެއްބަފާ ކޮއްކޯފުޅު އަދި ނައިބު އަމީރުގެ މަގާމުގައި ހުންނެވި ޝެއިހް މެޝާލް އަލް އަހުމަދު އަލް ޖަބަރު، 83، ކަމަށެވެ.

ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް ކުވައިތުގެ ތަހުތަށް އިސްކުރެވުނީ ސެޕްޓެމްބަރު 29، 2020 ގަ އެވެ.

Ads by Allied Insurance
  1. ދިދަ ބައިދަނޑިއަށް ތިރިކުރާމިންގަނޑު ހިމަނާލުމާއި ދިވެހި ދިދައާއިއރކު ނަގާފަހުންނަ އައެއްދިދަ ހުންނަންޖެހޭ ގޮތް ބުނެލަދިނުން މުހިންމު ބައެއްތަންތާ ހުންނަނީ ވާނުވާގަ ކަމަށްވާތީ ސަމާލުކަމަށް ގެންނަން!