ޚަބަރު ސިޔާސީ

އާޒިމާގެ މެނިފެސްޓޯއަށް ރައީީސްގެ ޚިޔާލު ހޯއްދަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ފައިނަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އާއި މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވައި، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ބަންޑާރަ ނާއިބު، އާޒިމާ ޝަކޫރު ވިދާޅުވީ، މެނިފެސްޓޯއަށް ރައީސް މުޢިއްޒު ދެއްވި އިރުޝާދަށްޓަކައި، އެ މަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"ރާއްޖެ އަކީ އަހަރުމެން ފަޚުރުވެރިވާ ތަނަކަށް ހެއްދެވުމަށް އެ މަނިކުފާނު ކުރައްވާ މަސައްކަތް ބަލައިގަންނަން." އޭނާ ވިދާޅުވިއެވެ.

ޢާޒިމާ ވަނީ ރައީސް މަސައްކަތް ކުރައްވަނީ، 21 ވަނަ ޤަރުނުގެ ރާއްޖެއެއް ބިނާ ކުރައްވަން ކަމަށާއި، އެއީ ދިވެހީންގެރާއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ، ރައީީސް މުޢިއްޒުގެ ވިޝަންގެ މާލޭގެ ބައި ތަންފީޒު ކުރެއްވުމަށް ކަމަށެވެ.

 

Ads by Allied Insurance
  1. ހޮލިމުއީޒުގެ ވިޝަނަކީ ހުސްބންކޮޅެއް އިނިއްޔާ ވިނަގަސް އިންދުން ދެންޕާކިން ލައިނުތަށް ލާރިނަގައިފައި 50 އަހަރަށްދިނުން