ޚަބަރު ސިޔާސީ

ޤާސިމް މިފަހަރު ވެސް މާމިގިލި ދާއިރާއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

ޤާސިމަކީ ހިނގަމުން މިދާ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހު ގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ.

މިއަދު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއި ބައްދަލު ކުރެއްވުމަށްފަހު، ޤާސިމް ވަނީ ކުރިއަށް އޮތް މަޖިލީހަށް ވެސް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިމަތި ލައްވަނީ މިދިޔަ 10 އަހަރު ވެސް ދެ ދައުރު ވެސް ފުރުއްވި މާމިގިލީ ގޮޑިއަށް ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައިގެން ޖޭޕީއަށް ވަނީ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!