ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް
މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ކަމުގައިވާ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މިއަދު މަރުޙަބާ ކިޔައިފިއެވެ.
1.8 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ނެދަލެންޑަށް ނިސްބަތްވާ ފަރާތެކެވެ.
އޭނާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ އިސް ބޭފުޅުންނެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ، އިންޑިއާ އަދި ޗައިނާއިންނެވެ.
އަންނަ އަހަރު ރާއްޖެ އަށް 2.01 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) އިން ލަފާކޮށްފައިވެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރަނގަޅު