ޚަބަރު

ހަދަމުންދާ އިމާރާތަކުން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި، އަންހެނަކަށް އަނިޔާވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހަދަމުންދާ އިމާރާތަކުން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި، އަންހެނަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

Ads by STELCO

މިރޭ ރޯޝަނީ މަގުގައި، ހިނގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ، މިރޭ 7:29 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި ވިދާޅުވީ މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

(ތަފްޞީލު އަންނަނީ)

 

  1. ގަދަމީހާ

    އަޱުގަދަ މީހާ މަގުމަތިންވެސް ގަދަވާނީ އުސޫލެއްހަމައެއް އޮންނަތަނެއްނޫން މި މާލެ މީ