ޚަބަރު ސަރުކާރު

ދީނީ ޓީވީ ޗެނަލަކަށް ކިޔާނެ ރީތި ނަމެއް ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިސްލާމީ ޓީވީ ޗެނަލަކަށް ކިޔަން ރީތި ނަމެއް ހުށައަޅައި ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެދިވަޑައިގެންފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން އަންނަނީ އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންވެ، ޓީވީ ޗެނަލަށް ކިޔާނެ ނަމެއް ދެއްވަން އެދިވަޑައިގެން، ބައެއް ނަންތައް ވެސް ހިއްސާ ކުރެއްވިއެވެ.

ޝަހީމް ކުރެއްވި މަފުރަތަމަ ޕޯސްޓް ގައި ހިމަނާފައި ހުދާ، ނޫރު އަދި މުދައްރިސްއެވެ. ފަހުން ވަނީ، ބަޔާން، ރައްޔާން، ހިދާޔަތު، ޑިސްކަވަރ އިސްލާމް އަދި ދަ މެސެޖު މި ފަދަ ނަންތަކަށް ޚިޔާލު ދިނުމަށް އެދިލައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީގައި ސްޓޫޑިއޯއެއް އުފައްދައި، މަސައްކަތްތައް ފެށީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައެވެ. އެ ސްޓޫޑިއޯގެ މަސައްކަތްތައް އިތުރު ކުރުމަށް އެންމެ ޒަމާނީ ފެންވަރަށް އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް މި އަހަރުގެ ޖެނުއަރީ މަހުގައި ފަށަން ދަނީ ތައްޔާރު ވަމުންނެވެ.

 

 

Ads by Ooredoo
  1. އަހުމަދު ނާފިޢު 7774322

    “އެދުރު ވެށި”

  2. ޝަހީމު ކީމެއްނު ވަމާއަދުރާކަމާލް މަސާޖު ހަމައެކަހަލަ ނަމެއް ކަލެއަށް ހަދާލެވިދާނެނު

  3. ބަބުރު

    ދާލަ ޓީޥީ

  4. ބޮނަކުއާ