ދުނިޔެ

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވީވޯގެ އިސް ދެ މުވައްޒަފަކު އިންޑިއާއިން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ވީވޯގެ އިންޑިއާ ޔުނިޓްގައި މަސައްކަތް ކުރާ އިސް ދެ މުވައްޒަފަކު އިންޑިއާގެ ފައިނޭންޝަލް ކްރައިމް ފައިޓިން އެޖެންސީން ހައްޔަރުކޮށްފައިވާ ކަމަށް އެ މައްސަލައާ ސީދާ ގުޅުން ހުރި ފަރާތަކުން ހޮނިހިރު ދުވަހު ބުނެފި އެވެ.

Ads by Sosun Fihaara

މި މީހުން ހައްޔަރުކޮށްފައި މިވަނީ މަނީ ލޯންޑަރިންގެ ތުހުމަތުގައި ވިވޯގެ އިންޑިއާ ޔުނިޓްގައި މަސައްކަތް ކުރާ ޗައިނާގެ މީހަކާއި އެކު އިންޑަސްޓްރީގެ ހަތަރު އެގްޒެކެޓިވްއަކު އެންފޯސްމަންޓް ޑައިރެކްޓްރޭޓުން ހައްޔަރުކުރިތާ ދެ މަސް ފަހުންނެވެ. 2020 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާއިން ވަނީ ޗައިނާގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ބެލުން ވަރުގަދަކޮށްފައެވެ.

ވީވޯގެ ތަރުޖަމާނު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން މިހާރު އަމަލު ކުރަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. "ދާދި ފަހުން ހައްޔަރުކުރި މީހުންގެ ފަރާތުން ފެންނަނީ ފުރައްސާރަ ކުރުން ކަމަށާއި އެކަމުގެ ސަބަބުން އިންޑަސްޓްރީގެ ބޮޑު ބައެއްގެ މެދުގައި ނުތަނަވަސްކަމުގެ މާހައުލެއް އުފެދޭ ކަމަށެވެ. އަދި މި ތުހުމަތުތަކަށް ހައްލެއް ހޯދައި، ޗެލެންޖް ކުރުމަށް ގާނޫނީ ގޮތުން ހުރި ހުރިހާ މަގެއް ބޭނުން ކުރުމުގައި ސާބިތުކަމާ އެކު މަސައްކަތް ކުރާ ކަމަށެވެ.

ހައްޔަރުކުރި މީހުން ހޮނިހިރު ދުވަހު ދިއްލީގެ ކޯޓަކަށް ގެނައުމަށްފަހު އެ އެޖެންސީގެ ބެލުމުގެ ދަށަށް ފޮނުވާލާފައިވާ ކަމަށް މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައި ނުވާތީ ނަން ހާމަކުރަން ދެކޮޅު ހެދި މީހާ ބުންޏެވެ. މިކަމާ ގުޅިގެން އެންފޯސްމަންޓް ޑައިރެކްޓްރޭޓްގެ ތަރުޖަމާނުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!