ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމް އިފްތިތާޙު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމަށް “މުކައްބަ” ޕްރޮގްރާމް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ލޯންޗުކޮށްފިއެވެ.

Ads by MWSC

‘މުކައްބަ’ އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ.ޢަބްދުالله ޚަލީލެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި އެމްއެފްޑީއޭގެ ކޮންސަލްޓެންޓް ސާޖިދާ މުޙައްމަދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެފްޑީއޭ އިން ބުނީ މި ކެމްޕެއިނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުދަނާ ކުރުމަށްޓަކައި ފެށޭ މުހިންމު ދަތުރެއް ކަމަށެވެ.

"މުކައްބަ" މެދުވެރިކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެހީވުމަށް އެމްއެފްޑީއޭ އިން ވަނީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!