ދުނިޔެ

ޗައިނާއިން ޓައިވާން ވަކިކުރާ އެއްވެސް ފަރާތެއް ހުއްޓުވާނެ ކަމަށް ޝީ ވައުދުވެވަޑައިގެންފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޓައިވާނުން އާ ލީޑަރަކު ހޮވުމުގެ ދެ ހަފުތާ އަށް ވުރެ ކުޑަ އިރުކޮޅެއް ކުރިން ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޝީ ޖިންޕިން ވަނީ ޓައިވާން އެއްވެސް ގޮތަކުން ޗައިނާއާ ވަކިވިޔަ ނުދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

Ads by Sosun Fihaara

ޓައިޕޭގެ ސަރުކާރުގެ ވަރުގަދަ އިއުތިރާޒުތަކާ އެކު ވެސް ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެ ގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭ އިރު، އެ ގައުމުގެ އިސްތިގުލާލުގެ ދަޢުވާތައް ސާބިތުކުރުމަށް އަސްކަރީ އަދި ސިޔާސީ ޕްރެޝަރު ވަނީ އިތުރުކޮށްފައެވެ.

ޓައިވާނުގައި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ރިޔާސީ އިންތިހާބާއި ޕާލަމެންޓް އިންތިހާބު ބާއްވާއިރު، އެ ގައުމުން ޗައިނާއާ ގުޅުން ބަދަހިކުރާ ގޮތަކީ ކެމްޕޭން ޓްރެއިލްގައި ވަރަށް ބޮޑު ދެބަސްވުމެކެވެ.

1949 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމައިގައި ރިޕަބްލިކް އޮފް ޗައިނާ ގެ ސަރުކާރު ބަލިކޮށް، ފަހުން ޓައިވާނަށް ފިލައިގެން ދިޔަ ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒޭޑޮންގް އުފަންވިތާ 130 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މަހާސިންތާގައި ޝީ ވިދާޅުވީ "މާދަމު މުޅިން އެއްބައިވަންތަވުމަކީ ނުތަނަވަސް ކަމެއް" ކަމަށެވެ.

ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލުންނާ ވާހަކަ ދައްކަވަމުން ޒިންހުއާ އިން ޝީއާ ހަވާލާދީ ބުނެފައި ވަނީ މާދަމަ އަލުން އެއްބައިވަންތަކުރަން ޖެހޭ ކަމަށާއި، ލާޒިމުގޮތެއްގައި އަލުން އެއްބައިވަންތަވާން ޖެހޭނެ ކަމަށެވެ.

ޗައިނާއިން ދެފަރާތުގެ މެދުގައި އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް، ޓައިވާން ކަނޑުއޮޅިން ގުޅުން ތައް ސުލްހަވެރިކަމާއެކު ކުރިއެރުވުމަށް ބާރުއެޅުމާއި، ޓައިވާން ޗައިނާއާއި ވަކިކުރުން އެއްވެސް ފަރާތަކުން ހުއްޓުވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޓައިވާނާ ދެކޮޅަށް ބާރުގެ ބޭނުން ކުރި ކަމުގެ އެއްވެސް ވާހަކައެއް އެ ރިޕޯޓުގައި ފާހަގަކޮށްފައި ނުވި ނަމަވެސް ޗައިނާއިން އެ ފުރުސަތު ދޫކޮށްލާފައެއް ނުވެ އެވެ. އަދި ކުރިއަށް އޮތް އިންތިހާބެއްގެ ވާހަކަވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!