ޚަބަރު

ވިހެއުމަށްފަހު، އެއްލައިލި ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމަން އާއިލާއާ މަޝްވަރާ ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އދ.ދިގުރަށުގައި، ކުނިގޮނޑުގައި ކޮތަޅަކަށް ލާފައި އޮޮއްވާ ފެނުނު ތުއްތުކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by MWSC

ކޮތަޅަކަށް ލާފައި ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ފެނުނުއިރު މަރުވެފައި އޮތް އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ގައެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު މި މަހުގެ 22 ގައި ކުއްޖާގެ ހަށިގަނޑު ވަނީ ރާއްޖެ ގެނެސްފައެވެ.

ގަސްތުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތުގައި މި މައްސަލާގައި ވަނީ ލަންކާގެ އުުމުރުން 30 އަހަރުގެ އަންހެނެއް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ސްރީލަންކާއަށް ނިސްބަތްވާ، ކުއްޖާގެ މަންމައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!