ޚަބަރު

އައްޑޫ ސިޓީގެ 51 ގެއަކަށް ފެން ވަދެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީގެ 51 ގެއަކަށް ފެން ވަދެއްޖެއެވެ.

Ads by Sosun Fihaara

މިކަން ހާމަ ކުރައްވައި މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެމްޑީއެމްއޭ) އިން ވިދާޅުވީ ފެން ވަދެފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފޭދޫގެ 41 ގެއަކަށް ފެން ވަދެފައިވާއިރު، ހުޅުދޫގެ 10 ގެއަކަށް ވަނީ ފެންވަދެފައެވެ.

ސިފައިންގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިކަމުގެ ސަބަބުން ގެތަކަށް ލިބުނު ގެއްލުމުގެ ތަފްސީލު ހޯދަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެއެވެ.

އެންޑީއެމްއޭ އިން ވަނީ، ކުރިއަށް އޮތް ތިން ދުވަހު ފެން ބޮޑުވާނެ ކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، ކަނޑު ދަތުރު ކުރާ ފަރާާތްތަކުން މޫސުމަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ. އެގޮތުން އެންޑީއެމްއޭ އިން ވަނީ ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި، މުވާސަލާތީ ނިޒާމު ފުރިހަމަ ކުރަން ނަސޭހަތްތެރިވެވަޑައިގެންފައެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!