ދުނިޔެ

ނުރައްކާނެތި ނުރައްކާ އޮތް ކަމަށް ބުނާ ކަމަށްބުނެ ޗައިނާއިން ޓައިވާނަށް އަސްކަރީ މަތިންދާބޯޓް ފޮނުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ތުހުމަތުކުރާ ގޮތުގައި ޓައިވާނުގެ ސަރުކާރުން ވަނީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ބާއްވާ އިންތިހާބާ ދިމާކޮށް އިންތިހާބީ މަންފާއެއް ހޯދުމަށް ޗައިނާއިން ދިން އަސްކަރީ އިންޒާރެއް "ހައިޕް" ކޮށް، އަނެއްކާވެސް ޓައިވާން ކަނޑުއޮޅިއަށް ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވައިފަ އެވެ.

Ads by WAMCO

ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ޓައިވާނުގައި ބާއްވާ ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބަކީ ޗައިނާއިން ބުނާ އެ ރަށުގެ އިސްތިގުލާލުގެ ދަޢުވާތައް ސާބިތުކުރުމަށް އަސްކަރީ ޕްރެޝަރު ބޮޑުވެފައިވާ ބެއިޖިންއާ އެކު އޮންނަ ގުޅުން ބައްޓަންވެގެންދާނެ އިންތިޚާބެކެވެ.

އިންތިޚާބު ކައިރިވަމުން އަންނައިރު، ޓައިވާނުން ވަނީ ޗައިނާގެ ހަނގުރާމަމަތީ ޖެޓުތަކާއި ހަނގުރާމަމަތީ އުޅަނދުތަކާއި، ނާޒުކު ޓައިވާން ކަނޑުއޮޅި ހުރަސްކުރާ ބެލޫންތައް ވެސް ރިޕޯޓްކޮށްފައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮންމެ މަހަކު ބާއްވަމުން އަންނަ ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވޫ ކިއާން ވިދާޅުވީ މި ނުތަނަވަސްކަމުގެ ޒިންމާ އުފުލަން ޖެހޭނީ ޓައިވާނުގެ ސަރުކާރުން ކަމަށެވެ.

"ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ކަމާބެހޭ ފަރާތްތަކުން ވިސްނުންތެރިކަމާއެކު "މެއިންލޭންޑުން އަސްކަރީ ނުރައްކަލެއް" ހައިޕްކޮށް، ނުތަނަވަސްކަން އިތުރުކުރަމުން ދަނީ،" ޓައިވާނުގެ ވެރިކަން ކުރާ ޕާޓީއަށް އިޝާރާތް ކުރައްވައި ވޫ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!