ޚަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިނގާތީ ޕީޖީ ކަންބޮޑުވުން ފާޅުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިނގާތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

Ads by Sosun Fihaara

ޕީޖީ އޮފީހުން ވިދާޅުވީ ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ ޢިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީޢަތްތައް ނުހިންގޭ ވަރަށް ޢިމާރާތަށް ގެއްލުންވެފައި ވާތީ، ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާކަމީ ޕީޖީ ޝަމީމް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އެހެންކަމުން މި މައްސަލަ ޙައްލުކޮށްދީ ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނޭ ވަޞީލަތްތައް ހަމަޖައްސައި ދިނުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ޕީޖީ އޮފީހުން ހާމަ ކުރެއެވެ. 

ހަމަ އެހެންމެ އެ ޒިންމާ އަދާކޮށްދީ ކޯޓުގެ ވަޞީލަތްތައް ރަނގަޅު ކޮށްދިނުމަށް ޕީޖީ ވަނީ އިލްތިމާސް ކުރައްވާފައެވެ. 

ޕީޖީ އޮފީހުން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީޢަތްތައް ހިންގަނީ ޢާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހު ކަމަށެވެ.

 އެހެންކަމުން، އެ ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު، ރަށްރަށުގެ ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ، އެ މައްސަލަތައް ބާރަށް ހިންގުމަކީވެސް ޕީޖީގެ އެދުމެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!