ޚަބަރު

ޕާކިސްތާނުގެ އާއްމު އިންތިޚާބުގެ ތާރީޚް ފަސް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ ގައުމީ އާންމު އިންތިހާބު ފަސްކުރުމަށް ގޮވާލައި އެގައުމުގެ ސެނެޓުން ގަރާރެއް ފާސްކޮށްފި އެވެ.

Ads by Sosun Fihaara

ހުކުރު ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން މި ގަރާރު ފާސްކޮށްފައިވަނީ 97 ސެނެޓަރުންގެ ތެރެއިން އެންމެ 14 މެންބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އެ ގަރާރާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.

އަމިއްލަ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ދިލަވަރު ޚާން ހުށަހެޅުއްވި ގަރާރުގައި ވަނީ ގައުމުގެ ސަލާމަތީ ހާލަތާއި ފިނި މޫސުން އޮތް ކަމަށް ބުނެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން އެދިފަ އެވެ.

އިމްރާން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން "މަޝްހޫރު ސިޔާސީ ފަރާތްތަކުގެ ފުރާނައަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެފައިވާ" ކަމަށާއި މައިގަނޑު ގޮތެއްގައި ޚައިބަރު ޕަޚްތޫންޚުވާ އާއި ބަލޫޗިސްތާން ޕްރޮވިންސްތަކުގައި ސަލާމަތީ ކަންކަން އިތުރުވަމުންދާކަން ފާހަގަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަދަ ފިނި މޫސުމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރަން ދަތިވާ ކަމަށާއި އޭގެ ސަބަބުން އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދަށް ވެސް ބުރޫ އަރާފާނެ ކަމަށެވެ.

"8 ފެބްރުއަރީ 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ފަސްކުރެވޭނީ ޕާކިސްތާނުގެ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނާއި، ހުރިހާ ސިޔާސީ ކުލައަކަށް ނިސްބަތްވާ މީހުން އިންތިޚާބުގެ ކެމްޕެއިންމަރުހަލާގައި ހަރުދަނާ ގޮތެއްގައި ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން" ގަރާރުގައި ވެއެވެ.

ޕާކިސްތާނުގެ 75 އަހަރުގެ ތާރީހުގައި މީގެ ކުރިން ބޭއްވި 11 އާންމު އިންތިހާބުގެ ތެރެއިން ތިން އިންތިހާބެއް (1985، 1997 އަދި 2008) ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އޮގަސްޓް މަހު އުވާލުމާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕާކިސްތާނުގައި އާންމު އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!