ޚަބަރު

އަހަރުގެ ފުރަތަމަ ކްރޫޒްލައިނުން 3،000 އަށްވުރެ ގިނަ ފަތުރުވެރިން މާލެއަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

3,000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު މިއަހަރުގެ ފުރަތަމަ ކްރޫޒް ލައިނާ މިއަދު މާލެ އަތުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެ އަށް ބަނދަރު ކޮށްފައި ވަނީ އިޓަލީގެ މަޝްހޫރު ކްރޫޒްލައިން ކުންފުންޏެއް ކަމަށްވާ ކޮސްޓާގެ "ކޮސްޓާ ސެރީނާ" ނަމަކަށް ކިޔާ ކްރޫޒްލައިނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކްރޫޒްލައިނާ އިން ރާއްޖެ އައި ފަތުރުވެރިންގެ ތެރޭގައި ގިނައީ އިންޑިއާ ފަތުރުވެރިންނެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއީ "ކޮސްޓާ ސެރީނާ" އިން މިއަހަރު ކުރާ ފުރަތަމަ ދަތުރު ކަމަށެވެ. މާޔާއިން ވަނީ އެ ކްރޫޒް ގެނައުމަށް ސަރުކާރުން ދިން އެއްބާރުލުން ފާހަގަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!