ޚަބަރު

އަނެއްކާ ވެސް ޔުނާން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިލްމީ ތަރި މުހައްމަދު ޔުނާން އަލުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޔުނާން ޝަރުތުތަކާ އެކީ ހުޅުމާލެ ކޯޓުން ދޫކުރީ މިދިޔަ މަހުގެ 14 ގަ އެވެ. އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރެލް (ޕީޖީ) އޮފީހުން ހައި ކޯޓްގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 18 ގަ އެވެ. އެގޮތުން ހައިކޯޓުން އިއްޔެ ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ އަމުރާއި އެއްގޮތަށް ޔުނާން އަލުން ހައްޔަރުކޮށްފައިވަނީ މިއަދު އެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް މައްސަލައެއްގައި ޔުނާން އާއި އޭނަގެ އަންހެނުން ފާތުމަތު ރިހުލާ ހައްޔަރުކުރީ އޮކްޓޯބަރު 4، 2020 ގަ އެވެ.

އެ މައްސަލާގައި އެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާ އިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

ޔުނާން އަކީ 2017 ގެ ފިލްމު "ބޮސް" އިން މަޝްހޫރުވި އެކްޓަރެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!