ދުނިޔެ

އިންތިޚާބު އޮތް ދުވަހު ޓައިވާނުން ޗައިނާގެ 8 އަސްކަރީ މަތިންދާބޯޓާއި 6 ކަނޑުގެ އުޅަނދު ޓްރެކްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓައިވާނުގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ކަމަށްވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާއި އެ ވަގުތާ ދެމެދު ޗައިނާގެ އަށް އަސްކަރީ މަތިންދާބޯޓާއި ހަ ކަނޑުގެ އަސްކަރީ އުޅަނދު ޓައިވާނުގެ ވަށައިގެން ޓްރެކްކޮށްފައިވާ ކަމަށެވެ.

Ads by Sosun Fihaara

އެމްއެންޑީން ބުނި ގޮތުގައި ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ އަށް މަތިންދާ ބޯޓުގެ ތެރެއިން ޝާންޝީ ވައި-8 އެންޓި ސަބްމެރިން ހަނގުރާމައިގެ މަތިންދާ ބޯޓެއް ވަނީ ޓައިވާންގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) ގެ ހުޅަނގު ދެކުނު ފަރާތަށް ވަދެފަ އެވެ. އެ ދުވަސްވަރު ޕީއެލްއޭގެ އެއްވެސް މަތިންދާ ބޯޓެއް ޓައިވާން ކަނޑުއޮޅި މީޑިއަން ލައިން ހުރަސްކޮށްފައެއް ނުވެ އެވެ.

އޭގެ ރައްދުގައި ޓައިވާނުން ވަނީ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތައް ފޮނުވައި، އެއާ ޑިފެންސް މިސައިލް ސިސްޓަމްތައް ބަހައްޓައި، ޕީއެލްއޭގެ ހަރަކާތްތައް މޮނިޓާކޮށްފަ އެވެ. ޓައިވާން ނިއުސް އިން ބުނި ގޮތުގައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ގްރީސްގެ ވަށައިގެން ހަރަކާތްތެރިވާ އަސްކަރީ މަތިންދާ ބޯޓުތަކާއި ކަނޑުގެ އުޅަނދުތަކުގެ އަދަދު އިތުރުކޮށް ގްރޭ ޒޯން ޓެކްޓިކްސް ބޭނުންކުރުން އިތުރުކޮށްފަ އެވެ.

ގްރޭ ޒޯން ޓެކްޓިކްސް މާނަކޮށްފައި ވަނީ "ސީދާ އަދި ބޮޑު ބާރުގެ ބޭނުން ނުކޮށް، ސަލާމަތީ މަގްސަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތް ސްޓޭޑީ-ސްޓޭޓް ޑިޓާރެންސް އާއި ޔަގީންކަމުގެ ބޭރުން ކުރާ މަސައްކަތެއް ނުވަތަ ސިލްސިލާ މަސައްކަތެކެވެ. ޓައިވާނުގެ ޚާރިޖީ ވަޒީރު ޖައުޝީހް ޖޯސެފް ވޫ ވަނީ ޑިމޮކްރެޓިކް ގައުމުތަކުގެ އިންތިހާބަށް ޗައިނާއިން ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތަކަށް ދުނިޔޭގެ މުޖުތަމައު ހޭލުންތެރިވެ އެކަން ނާކާމިޔާބު ކުރުމަށް ގޮވާލައްވާފައެވެ.

ރިޔާސީ އިންތިޚާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބައިނަލްއަގްވާމީ ނޫސްވެރިންނަށް ޕްރީ އިލެކްޝަން މީޑިއާ ބްރީފިންގައި ޓައިޕޭ ސިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވޫ ވަނީ ޗައިނާގެ ނުފޫޒު ފޯރުވުމުގެ ޓެކްޓިކްސް ބަލައިގަނެ އެކަން ހުއްޓުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޗައިނާއިން ޓައިވާނު ބޭނުންކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ޓެސްޓިން ގްރައުންޑެއްގެ ގޮތުގައި ކަމަށާއި ޗައިނާގެ އެކި އެކި ނުފޫޒުފޯރުވުމުގެ ޓެކްޓިކްސް ތައް ތަފްސީލުކޮށްދެއްވާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!