ޚަބަރު

ރައީސް ޑރ. މުޢިއްޒަކީ ރާއްޖޭގެ މިއަދާއި މާދަމާގެ އަދި ކުރިމަގުގެ ނަސީބު: މިނިސްޓަރު ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ރަސްމިއްޔާތުގައި ސައީދު ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ރާއްޖޭގެ މިއަދާއި މާދަމާ އަދި ކުރިމަގުގެ ވެސް ނަސީބު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރި އައު ކާގޯ ޓަރމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވާހަކަފުޅުގައި ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަންތައް ވެގެން ދިިޔަ ގޮތުގެ މައްްޗަށް އަލިއަޅުއްވާލިއެވެ. އެގޮތުން ވިދާޅުވީ އެދަތުރުގެ ތެރެއިން ދިވެއްސަކަށްވީތީ ފަޚްރުވެރިވާނެ އެތައް ކަންތައްތަކެއް ވެގެން ދިޔަ ކަމަށެވެ. އަދި ތަރައްޤީގެ އެތައް ވާހަކަތަކެއް އަޑު އިވިގެން ދިޔަ ކަަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއިން ޒަމާނަކު ވާނެ ކަމަށް ހީނުކުރާ ތަރައްޤީގެ އެތައް ވާހަކަތަކެއް އިވިގެން ދިޔަ" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ, ޗައިނާގެ ރައީސް ޝީ ޖިންޕިން ރަައީސް ޑރ. މުއިއްޒާމެދު ބެހެއްޓެވީ ގާތް އެކުވެރި, ދުވަސްވީ ރަޙްމަތްތެރިއެއްގެ ގުޅުން ކަމަށެވެ.

"އަޅުގަނޑަށް ހާޒިރު ވެވުނު ބައްދަލުވުމަކުން ބޭރު ދުނިޔޭގެ ވެރިޔަކު ދިވެހި ރާއްޖޭގެ ރައީސަކާ ދޭތެރޭގައި އެހާ ގާތްކޮށް, އޯގާތެރިކޮށް, އެހާ ބޮޑު ހިތަކާއެކު ވާހަކަ ދެއްކެވި ތަނެއް ނުދެކެން." ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވެސް އަލިއަޅުވާލިއެވެ.

އެގޮތުން ވިދާޅުވީ, ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ނުވަތަ އިމްޕޯޓާއި އެކްސްޕޯޓްގެ ފަރަގު ކުޑަކުރުމަށް އެއަރޕޯޓްގެ ކާގޯ ޓަރމިނަލް އަދިވެސް އިތުރަށް ބޮޑުކުރުމަކީ ރައީސްގެ އަމާޒެއް ކަމަށެވެ. އަދި މިހާރުން މިހާރަށް މަސައްކަތް ފަށާއި ކާގޯ ޓަމިނަލްއިން މުދާ ހޭންޑަލްކުރެވޭ އަދަދު 3 ލައްކަ ޓަނަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!