ދުނިޔެ

އިންޑިއާ-ރަޝިއާ ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނާޝިޕް ހަރުދަނާ ކުރަން މޯދީ އާއި ޕޫޓިން އެއްބަސްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވި ކަމަށާއި އިންޑިއާ-ރަޝިއާ ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ މަގުޗާޓެއް އެކުލަވާލުމަށް ދެ ލީޑަރުން ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

Ads by Sosun Fihaara

މީގެ އިތުރުން ބްރިކްސްގެ ރަޝިޔާގެ ޕްރެޒިޑެންސީ ގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެކި ކަންކަމާ ބެހޭ ގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވި އެވެ.

"ރައީސް ޕޫޓިންއާ ވަރަށް ރަނގަޅަށް ވާހަކަ ދެއްކެވި. އަދި ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ އެކިއެކި ރަނގަޅު ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ބްރިކްސްގެ ރަޝިއާގެ ޕްރެޒިޑެންސީ ގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެކި ކަންކަމާ ބެހޭ ގޮތުން ވެސް ބޭނުންތެރި ޚިޔާލުތަކެއް ބަދަލުކުރެވުނު،" މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މިއަދު ބޭއްވެވި ފޯނުން ގުޅުއްވައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި ދާދިފަހުން ބޭއްވެވި މަތީ ފަންތީގެ މުޢާމަލާތްތަކުގެ ފޮލޯއަޕްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާ ގޮތް ބައްލަވާލައްވާފައެވެ.

އަދި އިންޑިޔާ-ރަޝިއާ ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދިއުމަށް މަގުޗާޓެއް އެކުލަވާލުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ." ޕީއެމްއޯއިން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕޫޓިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސްޓްރެޓެޖިކް ޕާޓްނާޝިޕް ވަނީ "ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނާޝިޕް" ގެ ދަރަޖައަށް މަތިކޮށްފަ އެވެ.

އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްލަޙަތު ހިމެނޭ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އަދި 2024 ވަނަ އަހަރު ބްރިކްސްގެ ރައީސްކަމަށް ރަޝިޔާއިން އެދިވަޑައިގެން، އިންޑިއާގެ ފުރިހަމަ އެއްބާރުލުން ރަޝިޔާއަށް ދެއްވާނެކަމުގެ ޔަޤީންކަން ވެސް ބޮޑުވަޒީރު ދެއްވިއެވެ. އަދި ދެ ލީޑަރުން ވެސް ވަނީ ގުޅުން ބަދަހި ކުރަން އެއްބަސްވެވަޑައިގެންފަ އެވެ.

ރަޝިޔާއިން 2024 ވަނަ އަހަރު ބްރިކްސްގެ ޗެއާމަންކަމުގެ މަސައްކަތް ފަށާފައިވާއިރު، ޕޫޓިން ވަނީ "ސްޓްރެންތެނިންގ މަލްޓިލޭޓަރަލިޒަމް ފޮރ އިކުއަޓަބަލް ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސެކިއުރިޓީ" މި މައުޟޫޢުގެ ދަށުން، މިގޮތަށް ޢަމަލުކުރައްވާނެކަމަށާއި، ކަމާބެހޭ އެންމެހާ ޤައުމުތަކާއެކު ރަނގަޅު އަދި ބިނާކުރަނިވި އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!