ޗައިނާ އިން ރާއްޖެ އައި ފަތުރުވެރިނަށް މަރުޙަބާ ކީ ފިނިފެން މަލުން
ހޮންގް ކޮންގް އެއާލައިނުން ޗައިނާއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.
ޗައިނާގެ ހޮންގް ކޮންގްގެ މި އެއަރލައިން އިން ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ސީދާ ދަތުރުތައް ވަނީކޮށްފައެވެ. ކޮވިޑާއެކު ދަތުރުތައް ހުއްޓާލިފަހުން މިއީ މިރޭ އެ އެއަރލައިންއިން 209 ފަތުުރުވެރިން ގޮވައިގެން ރާއްޖެއަށް ވަނީ އައިސްފައެވެ.
ޗައިނާގައި މިފަހުން ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒު ވެސް ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެދިވަޑައިގެންފަ އެވެ. ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑް-19ގެ ކުރިން ހުރި ވަރަށް ވުރެ ދެ ގުނަކުރުމަށް މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރައްވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއާލައިނަށާއި ރާއްޖެއަށް އައި ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން ކޮންމެ ފަތުރުވެރިޔަކަށް ވަނީ ފިނިފެންމަލެއް ދީފައެވެ.
ހޮންގްކޮންގް އެއާލައިނުން ރާއްޖެއާ ދެމެދު ހަފްތާއަކު ތިން ފްލައިޓު އަޅާނެ އެވެ. އެއީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހުއެވެ
ހޮންގް ކޮންގް އެއާލައިނާ އެކު ރާއްޖެއަށް މިހާރު ޗައިނާގެ ހަތަރު އެއާލައިނެއް ދަތުރުކުރާނެއެވެ. އެއީ ޗައިނާ އީސްޓާން އެއާލައިންސް އާއި ބެއިޖިން ކެޕިޓަލާއި ސިޗުއާން އެއާލައިނެވެ.