ޚަބަރު

ރޭ ފުވައްމުލަކުގައި ހިނގި އެކްސިޓެންޑްގައި އަނިޔާވި މީހާ މޯލްޑިވިއަންގައި ފަތިހު މާލެ ގެނެސްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުވައްމުލަކުގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

Ads by Hajj Corporation

ފުވައްމުލަކު ބޮޑުފަންނު މަގުގައި ރޭ 10:10 ހާއިރު ހިނގި މިއެކްސިޑެންޓްގައި އަނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ ފުރަތަމަ ގެންދިޔައީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

އަނިޔާވި މީހާ މާލެ ގެނެސްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ. އޭނާ މާލެ ގެނައީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސޑެންޓާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!