ޚަބަރު

ފުނަދޫ ތެޔޮ ފާމް ބަދަލު ކުރަނީ މާގިރީ ފަޅަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަ ކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ އަޕްޑޭޓް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމެވެ.

އެސްޓީއޯއިން ހިންގަމުން އަންނަ ތެޔޮ ފާމް ފުނަދޫން ބަދަލު ކުރަން ނިންމާފައިވަނީ އެރަށުގައި ސްޕެޝަލް އިކޮނޮމިކް ޒޯންއެއް ހަދަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިމަހުގެ ހަތަރެއްގައި އިފުތިތާހު ކުރެއްވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ވަނީ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރާނެކަން އިއުލާންކުރައްވާފައެވެ. އެ ތެޔޮ ޓޭންކުތައް ބަދަލުކުރުމަށް ފަހު، އެ ރަށުގައި ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެ ކަމަށާއި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެ ކަމަށް ވެސް އެ މަޝްރޫއުގައިވެއެވެ.

އެ މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ވީއައިއޭގެ ތަރައްގީއަށް ބިން އިތުރުކުރުމަށް ޓަކައި ސީ ޕްލޭން ޓާމިނަލްގައި ދެމުން އަންނަ ސީޕްލޭންގެ ހުރިހާ ޚިދުމަތެއް ހުޅުމާލެ ކައިރި އޮތް އެހެން ރަށަކަށް ބަދަލުކޮށް ރެއިލްގެ ނިޒާމުން ގުޅައިލާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުނަދުއާއި މާލެއާއި ހުޅުލެ ބްރިޖަކުން ގުޅާލައި، ފުނަދޫ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހަދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!