ޚަބަރު

ވޯޓަށް ނާހާ މިރޭގެ މަޖިލިސް ވެސް ނިންމާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެނބިނެޓަށް ރުހުން ދިނުމުގެ މައްސަލައިގައި މިރޭ ވެސް މަޖިލީހުގެ ޖަލްސާ ވޯޓަށް ނާހާ ނިންމާލައިފިއެވެ.

Ads by Hajj Corporation

މިއަދުގެ ޖަލްސާއަކީ އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެންބަރުން ގުޅިގެން ހުށައެޅި ހުށައެޅުމަކާއި ގުޅިގެން ދައުރުން ބޭއްވި ޖަލްސާއެކެވެ. މިއަދު ޖަލްސާ އެއް ބޭއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނޭހެން މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.

ފުރަތަމަ މަޖިލީހުގެ ޖަލްސާ 9:00 އިން 10:30 އަށް ކުރިއަށް ގެންދިއުމަށް ފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި އަލުން ފެށުމަށެވެ. އެއީ ވަޒީރުންނަށް ރުހުން ދިނުމާމެދު ވޯޓަށް އަހާށެވެ.

ނަމަވެސް ނިޒާމު ގެއްލި އެގަނޑީގައި ވޯޓަށް ނޭހުނެވެ. ދެން  މިރޭގެ މަޖިލިސް ފެށުނީ 8 ޖެހިއިރުއެވެ. އަނެއްކާ ވެސް ނިޒާމު ނެތިގެން, މަޖިލިސް މެދު ކަނޑާލިއެވެ. އޭގެ ފަހުން 22:44ގައި އަލުން މަޖިލިސް ވަނީ ފަށާފައެވެ.

މިފަހަރު ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ރައީސް އިންނެވީ ވަޒީރުން އިންނަވާ ގޮނޑިކޮޅުގައެވެ. އަދި ވޯޓަށް އެހުމަށް ވަނީ ބެލް ޖައްސަވާފައެވެ. ނަމަވެސް އޭގެ ފަސް ވަރަކަށް މިނެޓް ފަހުން މަޖިލިސް ޖަލްސާ ނިންމަވާލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!