ޚަބަރު އިޖުތިމާޢީ ސަރުކާރު

ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް އިތުރު 3 އަހަރަށް ހިލޭ ކޮށްދިނުމަށް ޗައިނާއިން ނިންމައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ސިނަމާލެ ބްރިޖު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބްރިޖު ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް އިތުރު 3 އަހަރަށް ހިލޭ ކޮށްދިނުމަށް ޗައިނާއިން ނިންމައިފިއެވެ.

Ads by STELCO

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މި މައުލޫމާތު ހާމަކޮށްފައި ވަނީ، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

2018 ވަނަ އަހަރު މި ބުރިޖުގެ މަސައްކަތް ނިންމާލުމަށް ފަހު ބުރިޖު ހުޅުވާލުމަށް ފަހު މިހާތަނަށް މެއިންޓެނެންސް މަސައްކަތް ކުރަމުން އަންނަނީ ޗައިނާއިންނެވެ.

އޭރު ވެވުނު އެއްބަސް ވުމުގައި ޗައިނާއިން 2 އަހަރު ދުވަހަށް މި މަސައްކަތް ކޮށްދިނުމަށް އެއްބަސް ވެފައިވީކަމުގައި ވީނަމަވެސް މި އެއްބަސް ވުމުގެ މުއްދަތު އިތުރު ކުރަން މިހާރު ވަނީ ނިންމާފައިއެވެ.

އަދި ޗައިނާއިން ފުރަތަމަ ވެވުނު 2 އަހަރު ދުވަހުގެ ކޮންޓްރެކްޓު ހަމަވުމުން އެ މުއްދަތު އިތުރުކުރަން ހުށަހެޅިކަމުގައި ވީނަމަވެސް ނިމިދިޔަ ސަރުކާރުން  އެކަމާމެދު ވަކި ގޮތެއް ނިންމާފައި ނުވާއިއިރު ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކޮށްފައި ނުވާކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!