ޚަބަރު

ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި ތިން ވަޒީރުން, ވަޒީރު ކަމަށް އަލުން އަޔަން ކުރައްވައިފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ތިން ވަޒީރަކަށް ރުހުން ނުދޭން ވަނީ ނިންމާފައެވެ. ނަމަވެސް އެ ތިން ވަޒީރުން ވަނީ މިހާރު ރައީސް އޮފީހުގައި ހިނގަމުން އަންނަ ޖަލްސާއެއްގައި އަލުން އައްޔަން ކުރައްވާފައެވެ.

ރުހުން ނުދޭން ނިންމި ވަޒީރުންނަކީ:

• ބަންޑާރަ ނައިބު - އަޙްމަދު އުޝާމް
• އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު - ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
• ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު – ޑރ. ޢަލީ ޙައިދަރު އަޙްމަދު

ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވާފައިވަނީ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. މަޖިލީހުގައި ރުހުން ދިނުމުގެ މައްސަލަ ތިން މަސް ދުވަހަށް ވަނީ ދިގު ދަންމާލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!