ޚަބަރު

މަގުމަތިން ޕީޖީ ޝަމީމަށް ހަމަލާ ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމަށް މިއަދު މަގުމަތިން މީހަކު ހަމަލާދީފިއެވެ.

Ads by STELCO

ފުލުހުން ބުނީ މި ހަމަލައާ ގުޅިގެން ޝަމީމް މިހާރު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ކަމަށެވެ.

ބައެއް މީޑިއާގައި ފުރަތަމަ ރިޕޯޓްކުރީ ޝަމީމަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި މިހާތަނަށް އެނގިފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމެވެ.

ޝަމީމަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!