ޚަބަރު

ފަތުރުވެރިން އަންނަ މާކެޓްތަކުގެ އެންމެ ކުރީގައި ރަޝިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ގައުމަކީ ރަޝިޔާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އާންމުކުރި ޑެއިލީ ޓޫރިސްޓް އެރައިވަލްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުންނެވެ.

ރަޝިއާ އިން ވަނީ 18،561 ފަތުރުވެރިންނާއެކު މާކެޓް ހިއްސާގެ 10.6 ޕަސެންޓް ހާސިލްކޮށްފައެވެ. 2023 ވަނަ އަހަރު ނިމުމުގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިން އަންނަ މާކެޓުގައި ރަޝިއާ ވަނީ ކުރިހޯދާފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީއިންނެވެ. މާކެޓް ހިއްސާގެ 10.4 ޕަސެންޓް އިޓަލީން ހިއްސާކޮށްފައިވާއިރު، މިހާތަނަށް 18،111 ފަތުުރުވެރިން އައިސްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 146،674 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 10.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 133،011 ފަތުރުވެރިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!