ދުނިޔެ

ޗައިނާއިން ބަަލަނީ ފެންވަރަށްވުރެ ވިޔަފާރި ކުރެވޭތޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެތައް ގޮތަކުން ޗައިނާއަކީ ދުނިޔޭގެ ބާރަކަށްވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރީގެ ފުރުޞަތުތައް ވަނީ އިތުރުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޗައިނާގެ ސަރުކާރު ހިއްސާވާ ބޭންކުތައް މެދުވެރިކޮށް މާލީ ލޯނު ދިނުމުގެ އިތުރުން، އެމެރިކާގެ ދިފާއީ ވިޔަފާރިތަކަށް ބަރޯސާވާން ބޭނުން ނުވާ ޕާޓްނަރު ގައުމުތަކަށް ވެސް ޗައިނާއިން ގެންދަނީ ހިމޭންކަމާއެކު މަތީ ފަންތީގެ އަސްކަރީ އާލާތްތައް އެކްސްޕޯޓް ކުރަމުންނެވެ.

Ads by Sosun Fihaara

މިވަގުތު ބެއިޖިންއަކީ އަސްކަރީ އާލާތްތައް ފަސްވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ޤައުމެވެ.  ބަންގްލަދޭޝް، މިޔަންމާ، ތައިލެންޑް، ނޯތު ކޮރެއާ އަދި އެހެނިހެން ގައުމުތަކަށް ބޮޑެތި އަދަދުތަކުން އެކްސްޕޯޓް ކުރަމުން އަންނައިރު، ޗައިނާއިން ދަނީ އެވްރެޖް ކޮލިޓީއަށް ވުރެ ދަށް ފެންވަރުގެ އިކުއިޕްމަންޓްތައް ހެޔޮ އަގުގައި ފޯރުކޮށްދީ އެކްސްޕޯޓް ހިއްސާ ވަރަށް ބޮޑަށް އިތުރު ކުރަމުންނެވެ.

އެހެންނަމަވެސް މި އެކްސްޕޯޓު އާލާތްތައް ގަންނަމުންދާ ފަރާތްތަކުގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބެއިޖިންގެ ދިފާއީ އެކްސްޕޯޓުގައި މަޝްޣޫލުވެފައިވާ އިފެކްޓިވް އަދި ގޯސް އާލާތްތަކެވެ. ހުޅަނގުގެ އެހެން ޤާބިލު އެކްސްޕޯޓްކުރާ ކުންފުނިތަކަށްވުރެ ހެޔޮ އަގެއްގައި ޗައިނާގެ އިކުއިޕްމަންޓްތައް ލިބިފައިވާތީ، އެ ޤައުމުތަކުގެ ސިޔާސަތުތައް ކަނޑައެޅުއްވި ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބައެއް ރިޕޯޓުތަކުން ވަނީ އިޝާރާތްކޮށްފައެވެ.

މިފަދަ ހާދިސާތަކުގެ މިސާލުތައް މަދެއް ނޫނެވެ. ޗައިނާގެ އޭޝިއާގެ ބައިވެރިން ފެށިގެން އެފްރިކާގެ ގައުމުތަކާ އެކު ކުރިއަރަމުން އަންނަ ގުޅުންތަކާއި ހަމައަށް، ޗައިނާގެ އަގުހެޔޮ ހަތިޔާރުތަކުގެ ސަބަބުން އިމްޕޯޓް ކުރާ ގައުމުތަކުގައި ދިފާއީ ބާރުތައް އެތައް ބަޔަކަށް ވަނީ އަނިޔާއާއި އަދި މަރާވެސް ކުރިމަތިލާން ޖެހިފައެވެ.

އޭގެ އެއް މިސާލެއްގެ ގޮތުން، ބެއިޖިންއިން ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާއަށް ޒަމާންވީ މިންގް ކްލާސް 035ޖީ ގެ ދެ ސަބްމެރިން އެކްސްޕޯޓްކޮށްފައެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ވެސް ވަނީ ޗައިނާއިން އެތެރެކުރި ކޭ-8ޑަބްލިއު މަރުކާގެ މަތިންދާ ބޯޓަށް ބަރުކޮށްގެން ބަޑި ޖެހުމުގައި މައްސަލަތަކެއް ހުރި ކަމަށް ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ޗައިނާއިން ވަނީ ނޭޕާލަށް ވައި12އީ އަދި އެމްއޭ60 މަރުކާގެ ހަ މަތިންދާބޯޓު ވިއްކާލާފައެވެ.

މީގެ އަހަރުތަކެއް ކުރިން މިޔަންމާގެ އަސްކަރީ ޖުންޓާ އިން އެގައުމުގެ ވެރިކަމާ ހަވާލުވި ފަހުން ޗައިނާގެ އެކްސްޕޯޓް ވަރަށް ބޮޑަށް އިތުރުވެފައިވާ މިޔަންމާގައި ދިފާއީ އާލާތްތަކުގެ ހަރުދަނާކަމާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ. ޗައިނާގެ ޖޭއެފް-17 މަރުކާގެ މަތިންދާބޯޓުގައި ހުރި ބިޔޯންޑް ވިޝުއަލް ރޭންޖް މިސައިލްގެ އިތުރުން އެއާބޯން އިންޓަސެޕްޝަން ރާޑަރު ނެތުމުގެ ސަބަބުން މިޔަންމާ ގެ އަސްކަރިއްޔާގެ ސިފައިން ވަނީ ޗައިނާގެ ދިފާއީ ފެންވަރު ދަށްކަމަށް ބުނެ ނުތަނަވަސްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!