ޚަބަރު

އެމްޑީޕީ ޕްރައިމަރީ 40 ދާއިރާގައި

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީ 40 ދާއިރާއެއް ގައި ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Hajj Corporation

ޕްރައިމަރީގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ ހޮނިހިރު ދުވަހުގެ އިންތިހާބު ގައި 25،000 ވުރެ ގިނަ މެންބަރުންނަށް ޕްރައިމަރީ ގައި ވޯޓް ލެވޭނެ ކަމަށެވެ.

ޖުމްލަ 95 ރަށެއް ގައި ވޯޓްލުން ކުރިއަށް ދާނެ ކަމަށާއި، އަދި މާލޭ ގައި 27 ވޯޓް ފޮށި ބަހަައްޓަން ވަނީ ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީ 149 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި،  25،325 މީހުންނަށް ވޯޓް ދެވޭނެ ކަމަށެވެ. ޕްރައިމަރީ 40 ދާއިރާއެއްގައި އޮންނައިރު  95 ރަށެއް ގައި ވޯޓް ފޮށި ބަހައްޓާނެއެވެ. މާލޭގައި ބަހައްޓަނީ 27 ވޯޓް ފޮއްޓެވެ،

އެމްޑީޕީން ބުނީ ންތިހާބު ގައި ވޯޓްލާން ދެ ލިސްޓެއް ގެންގުޅޭނެ ކަމަށާއި، އެއީ މާލެއަށް ވޯޓް ލެވޭނެ މީހުންގެ ލިސްޓަކާއި ރަށްރަށު ގައި ވޯޓްލެވޭ މީހުންގެ ލިސްޓެެކއް ކަމަށެވެ. އެ ލިސްޓް ހަދާފައި ވަނީ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު ގައި އެމްޑީޕީގެ މެންބަރުން ވޯޓްލީ ތަންތަނަށް ބެލުމަށް ފަހު ކަމަށް އެ ޕާޓީން ބުންޏެވެ.

މި ފަހަރުގެ އިންތިހާބު ހުރިހާ ގޮތަކުން ވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.

  1. އައުޓް

    ރާއްޖޭގެ މަސްދޯންނަކަށް އިންޑިއާ ސިފައިން އަރާ އޭގެ ފަޅުވެރިން ކަނުބަނދެ ބައިތިއްބާ އެމެންގެ މުދަލާއި އަދި ދޯނިން ބާނާފައި ހުރި މަސްތައް އިންޑިއާ އިން މޯދީ ފޭރިގަތގުން މިވާނީ ބައިނަލް އަގްވާލީ ގާނޫނު ތަކާއި ސީދާ ޚިލާފު ކަމެކޭ މިކަން ޖެހޭނެއޭ ފުރަތަމަ ރާއްޖޭގެ ކޯޓް ގައި ޝަރީއަތް ހިންގެން މިކަން ކަންނެލި ޔޫނިއަން އިން ޝަރީއަތަށް ހުށައަޅާށޭ އަދި އިންޑިއާ އާއި ލަންކާ އަކީ އެއީ އެކުވެގެން ރާއްޖޭގެ ވަޒީފާ ބާޒާރާއި އަދި ވިޔާފާރި ހައިޖެކްކުރާ ދެގައުމޭ އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް އިންޑިއާ އައުޓް ލަންކާ އައުޓް