ޚަބަރު

އިންޑިއާ ރާއްޖެ ބައްދަލުވުން: އިންޑިއާ އުޅަނދުތައް އޮޕަރޭޓުކުރާނެ, އެކަމަކު ސިފައިން ބާލަން އަދިވެސް އެދޭ

އައިކާ ޔުނާން ، ދެން އޮންލައިން

ދެ ގައުމުން އެއްބަސްވާ ހަމަތަކެއްގެ މަތިން އިންޑިއާގެ އުޅދަނދުތައް ރާއްޖޭގައި އޮޕަރޭޓުކުރަން އިންޑިއާ އަދި ރާއްޖޭގެ ހައި-ލެވެލް ކޮމިޓީން އެއްބަސްވެއްޖެއެވެ.

Ads by Hajj Corporation

ދިއްލީގައި މިއަދު ކުރިއަށްދިޔަ ހައި ލެވެލް ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށްފަހު, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންސާނީ އެހީތެރިކަމާއި ކުއްލި ފަރުވާގެ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޝްވަރާކުރަމުން އަންނަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު, އެ ގައުމުގެ ސިވިލް މީހުންނަށް އުޅަނދުތައް އޮޕަރޭޓު ކުރެވޭނެ ގޮތެއް ހެދުމަށެވެ.

ދިއްލީގައި ކުރިއަށް ދިޔަ ހައިލެވެލް ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށްފަހު ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ, މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓު ކުރަމުން އަންނަ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދުގައި ހަރަކާތްތެރިވާ ސިފައިން މާޗް 10 ގައި ފައިބާނެ ކަމަށެވެ.

އަދި ބާކީ ދެ އުޅަނދުގައި ހަރަކާތްތެރިވާ ސިފައިން ބާލާނީ މެއި 10 ގައި ކަމަށް ވެސް ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

ހައިލެވެލް ކޮމިޓީގެ ތިން ވަނަ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މާލޭގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!