ޚަބަރު

އެމްޑީޕީގެ މަޖިލިސް ޓިކެޓް މަހްލޫފްގެ އަނބިކަނބަލުން ނަޒޫއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް (ނަޒޫ ނަސީމު) އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

Ads by Sosun Fihaara

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ނަޒޫ ވާދަކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާ އަށެވެ. އެ ދާއިރާގެ ޓިކެޓަށް އޭނާއާ ވާދަ ކުރީ އަބްދުﷲ އަފީފް އެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކު ކުނު ދާއިރާ އަށް ވާދަކޮށްގެން ނަޒޫ އަށް ވަނީ 566 ވޯޓު ލިބިފަ އެވެ. އަފީފަށް ލިބުނީ 87 ވޯޓެވެ.

މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް ނަޒޫއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސެއިން އެވެ.

އަންނަ މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 93 މެންބަރަކު އިންތިހާބުކުރާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!